މިލަންދޫގައި 50 ހައުސިންގ ޔުނިޓު ހަދަން ބަޔަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ށ.މިލަންދޫގައި 50 ހައުސިންގ ޔުނިޓު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ގޮތުން ޕްލޭނިންގ މިނިސްޓްރީން މިއަދު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަސައްކަތްއެ ކުންފުންޏާ ހަވާލުކުރީ 45،998،170 ރުފިޔާ އަށެވެ. އެއީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

2022 ވަނަ އަހަރުގެ ބަޖެޓުގައި މިލަންދޫގައި ޖުމްލަ 15 މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ބަޖެޓްކޮށްފައިވެއެވެ. އޭގެތެެރެއިން އެއް މަޝްރޫއު ނިމިފައިވާއިރު ބައެއް މަޝްރޫއުތަކުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ