ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި

ޚަބަރު ފަހުގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ. މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. ނަމަވެސް ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދިނީ 453 މީހުންގެ ކޯޓާއެވެ.

އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ މީހުންނަށެވެ. އަނެއް 100 ކޯޓާ ކަނޑައެޅީ އާންމުކޮށް ހުޅުވާލައިގެންނެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހުރިހާ އެންމެން ސައުދީއަށް ގޮސްފައިވާ އިރު، އެންމެ ފަހު ގުރޫޕު ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ގުރޫޕުގައި ފުރި ހައްޖުވެރިންނާ ރައީސް ސޯލިހު ވަނީ އެއާޕޯޓުން ބައްދަލުކުރައްވައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ