އަމިއްލައަށް ޖިންސީ ގުނަވަން ބުރިކޮށްލި މީހާ މަރުވެއްޖެ

ޚަބަރު ފަހުގެ

އަމިއްލައަށް ކުރިމަތި ފަރާތުގެ ޖިންސީ ގުނަވަން ބުރިކޮށްލި ބިދޭސީ ފިރިހެން މީހާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ 31 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

އަމިއްލައަށް ކުރިމަތި ފަރާތް ބުރިކޮށްލުމުގެ އިތުރުން އެ މީހާ ވަނީ އަމިއްލައަށް ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެއް ހަރާފައި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ބުނެވޭގޮތުގައި އޭނާ އެ އަމަލު ހިންގީ ލޯބީގެ މައްސަލައެއްގައެވެ. ނަމަވެސް ރަސްމީކޮށް އެފަދަ މައުލޫމާތެއް ކަމާ ބެހޭ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މިމައްސަލައިގައި މިހާތަނަށް ބެލިބެލުމުން މިއީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް ކަމުގައި ފާހަގަ ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ