ޕީޕީއެމް ކައުންސިލްގެ ނަން “ސެނެޓު”ގެ ނަމަށް ބަދަލުކޮށްފި

ފަހުގެ ސިޔާސީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލްގެ ނަން “ސެނެޓު” ގެ ނަމަށް ބަދަލުކޮށްފިއެވެ.

ޕީޕީއެމް އިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެޕާޓީގެ ކައުންސިލްގެ ނަން “ސެނެޓަށް” ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ “ސެނެޓާސް” ކަމަށް ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޕީއެމް ކައުންސިލުގެ ނަން ބަދަލުކުރިއިރު ދާދިފަހުން އެޕާޓީގެ ކައުންސިލަށް ވަނީ އިތުރު 17 ބޭފުޅަކު އިންތިހާބު ކޮށްފައެވެ. އެއީ  12 ފިރިހެން ބޭފުޅުންނާއި ފަސް އަންހެން ބޭފުޅުންނެވެ.

އަލަށް ކައުންސިލަށް މެމްބަރުންތަކެއް އިންތިހާބު ކުރީ އެ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ޕީޕީއެމް މީގެ ކުރިން އިން ބުނެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ނުހައްގު ހުކުމެއްކޮށް އެހުކުމުން ސަލާމަތްވެގެން ވަޑައިގަތް ފަހުން އިދިކޮޅު ކޯލިޝަންގެ ހިންގުން ހަރުދަނާ ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ