އާމްދަނީ އިތުރުކުރަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް %8 އަށް ބޮޑުކުރަން ނިންމައިފި

ޚަބަރު ފަހުގެ

ދައުލަތުގެ އާމްދަނީ އިތުރު ކުރަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް %8އަށް ބޮޑު ކުރަން ސަރުކާރުން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 ން %16 ޕަސަންޓަށް، އަދި ޖީއެސްޓީ %6 ން %8 އަށް ބޮޑުކުރަން ނިންމާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތް އަހަރު މާލީގޮތުން އިތުރު ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ސަބްސިޑީތައް ރީފޯމްކޮށް، އިތުރު ޕްރޮޖެކްޓްތައް ހިންގުން މަޑު ޖައްސާލާފައިވާކަމަށް އަމީރު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ