ދަރަނި ރީސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެ – ނަޝީދު

ޚަބަރު ފަހުގެ

ދަރަނި ރިސްޓްރަކްޗާކޮށްފަ ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރާކަށް ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ޚަރަދާއި އާމްދަނީ ދެކޮޅުޖެއްސުމަށް ފިނޭންސް މިނިސްޓްރީން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދަރަނި ރީސްޓްރަކްޗާކޮށް، ޚަރަދު ކުޑަކުރުމުން ޓެކްސް ބޮޑުކުރަން ނުޖެހޭނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެ މިދަނީ ދަރަންޏާ ދިމާލަށްކަމަށާއި އެހެންކަމުން ސަރުކާރަށް ގޯސް ހެދުނަސް އެ ގޯސް ބަލައިގަނެ ޕާޓީއާ މަޝްވަރާކުރަން އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި މިފަދަ ގޯސްތައް ހެދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކަންކަން ގާތުން ނުބައްލަވާތީކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދާއި އާމްދަނީ ދެކޮޅުޖައްސައި، ފިސްކަލް ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ