ތައިރޮއިޑްގެ ފޭކު ބޭހެއް ވިއްކާތީ ސަމާލުވާން އަންގައިފި

ޚަބަރު ފަހުގެ

ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއްގެ “ފޭކް” ބޭސްތަކެއް ފެނިފައިވާތީ އެކަމަށް އާއްމުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ބޭސްތައް ފެނިފައި ވަނީ އިންޑިއާއިންނެވެ. އަދި އެމްއެފްޑީއޭގެ ސަމާލުކަމަށް އެކަން ގެނައީ އިންޑިއާގެ ތެލަންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެފްޑީއޭ އިން ބުނީ އިންޑިއާގެ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ، ތައިރޮޑް ބައްޔަށް ބޭނުންކުރާ ބޭހެއް ކަމަށްވާ Thyronorm 100 mcg ގެ ފޭކު ވައްތަރެއް ފެނިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މި ބެޗްތައް ރާއްޖެ އެތެރެ ކުރުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި އެ ބޭހާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 72000321 އަށް ގުޅައި ހިއްސާ ކުރުމަށެވެ.

އެ ބޭހުގެ ކައުންޓަފީޓް ބެޗުތަކާ ބެހޭ މައުލޫމާތު އެ އޮތޯރިޓީން ވަނީ އެ ބަޔާނާ އެކު އާންމުކޮށްފަ އެވެ. އެ ބެޗުގެ ބޭސް ރާއްޖެ އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ