ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޓީޗަރެއް ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ރާއްޖޭގެ އުތުރުގެ ރަށެއްގެ ސްކޫލެއްގެ ޓީޗަރަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހދ. އަތޮޅެއްގެ ރަށެއްގައި 21 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށް ބްލެކްމެއިލް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހު 29 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައާއި ގުޅިގެން 36 އަހަރުގެ ދިވެހި ދިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ އޮފިޝަލު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެރަށު ސްކޫލެއްގެ ހިސާބު ޓީޗަރެކެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ