ކްރިމިނަލް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ހުޅުވާލައިިފި

ޚަބަރު ފަހުގެ

ކްރިމިނަލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިިފިއެވެ.

ކްރިމިނަލް ކޯޓަށް އާ ފަނޑިޔާރަކު ހޯދަނީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ދީބަނާޒް ފަހުމީ ހައި ކޯޓަށް އައްޔަނުކުރަން ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން ކުރި އިއުލާާންއެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި އިނާޔަތްތަކާއެކު 38،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ދާދި ފަހުން މަޖިލީހުން ވަނީ ކްރިމިނަލް ކޯޓުގައި އޮތް ބެކް ލޮގް ހޮސްކުރަން އެ ކޯޓުގެ ގާޒީން އިތުރަށް މަސައްކަތް ކުރާާ ކޮޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދޭން ވެސް ފާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ