ގްރޫޕް މާރާމާރީއާ ގުޅިގެން ހޯދަން އިއުލާންކުރި އެންމެން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައާ ގުޅޭ އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުނުކުރެވިވާ ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު، 20، އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތް މީހަކު ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، މާލެ، ދަފްތަރު ނަމްބަރު 2260، މައުސޫމް މުހައްމަދު ދީދީ، 27، އާއި ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު، 22 އާއި މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18، އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24، އާއި ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27، އާއި ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު، 20، ގެ އިތުރުން ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21، އެވެ.

އެ މާރާމާރީ ހިންގީ ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވުމުން އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ