ރޫހު ލެޖެންޑް ސާއްބަ ވާދެމުމުގެ ރިކޯޑް މުގުރާލައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ރޫހު ލެޖެންޑް ސާއްބަ ވާދެމުމުގެ ރިކޯޑް މުގުރާލައިފިއެވެ. އެޓީމުން ރިކޯޑް މުގުރާލީ މިހާރު ކުރިއަށްދާ ސާއްބަ ވާދެމުން 8 ވަނަ މުބާރާތުގައި ނިދަން މިޔަރު އާއި ބަދަލު ކުރި މެޗުގައި 3 ސިކުންތުގެ ތެރޭގައި ދެމުން ގެނެސްގެނެވެ. އެންމެ ފަހުގެ ރިކޯޑަކީ 4 ސިކުންތެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ވާދެމޭ ރޫހު ބައްދަލުކޮށް 2-0 ވާދެމޭ ވަނީ މޮޅުވެފައެވެ. ދެވަނަ މެޗު 2 ދެމުމުން ރޫހު ލެޖެންޑް ވަނީ ފަސޭހަކަމާއެކު ނިދަން މިޔަރު ބަލިކޮށްފައެވެ. ތިންވަނަ މެޗު ދެލަކި ކާމިބުކުރީ 2 ދެމުމުންނެވެ. މި މިޗުގައި ވާދަކުރީ ވާދެމޭނެއެވެ. ނިދަންމިޔަރު މިއަދު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ދެލަކިއާއެވެ. މި މެޗު 2 ދެމުމުން ކާމިޔާބުކުރީ ދެލަކެވެ.

އިޝްތިހާރު
އިޝްތިހާރު

ކަބަލުން މެޗުތަކުން ބަލާއިރު ގުލޮރީ ގާލް ވަނީ 2 ދެމުމުން ރޫހް ބަލިކޮށްފައެވެ. އަދި ޕަބްޖީ އާއި ވާދަކޮށް ގަދަ ހިފުމަށް ގޮސް ގުލޮރީ ގާލް ވަނީ މޮޅުވެފައެވެ. އެއްލަކިން އަދި ގޯޕަލާ ގޯޕަލާ ވާދަކުރި މެޗު ގޯޕަލާ ގޯޕަލާ ވަނީ 2 ދެމުމުން ކާމިޔާބު ކޮށްފައެވެ.

މި މުބާރާތް ކުޅެނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް ޕޮއިޓް ތާވަލުގެ އެއްވަނަ އަދި ދެވަނަ ފައިނަލް ކުޅޭ ގޮތަށެވެ.

މިވަގުތު ފިރިހެން ފަޅީގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ދެލަކިއެވެ. ދެވަނައިގައި އޮތީ 5 ޕޮއިންޓާއެކު ވާދެމޭއެވެ.

ކަނބަލުންގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކު އެއްލަކިއެވެ. ދެވަނައިގައި އޮތީ 5 ޕޮއިންޓާއެކު ގުލޮރީ ގާލްއެވެ.

މި މުބާރަތުގެ މެޗުތައް މާދަމާ ހަވީރުވެސް ކުޅެން ވަނީ ތާވަލް ކޮށްފައެވެ. މެޗުތައް ފަށާނީ 16:30 ގައި އިލިޔާ ގެޔާދިމާ އަތިރީގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ