އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި މައްސަލައިގައި އަލަމްގިރި ހައްޔަރުކޮށްފި 

ޚަބަރު ފަހުގެ

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ހިންގައި އެ އަމަލު ހިންގި މަންޒަރު ރެކޯޑުކުރި ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި އަލަމްގިރި ހައްޔަރު ކުރީ މާފަންނުގެ ގެސްޓް ހައުސްއެއްގެ ތެރެއިންނެވެ. އެއީ އޭނާ މިވަގުތު ދިރިއުޅޭ ތަންކަމަށް ވަނީ އެނގިފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އަލަމްގިރި ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިނގާކަމަށް ބުނާ ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުކަމަށް ބުނާ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމާއި އެކު އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ ބޭފުޅަކު ބަރަހަނާ ހާލުގައި އިތުރު އަންހެނަކާއި، ފިރިހެނަކާއި އެކު ތިބޭ ފޮޓޯ އެއް އާއްމުވި އެވެ. އަދި އޭގެ ފަހުން ކާނަލްކަމަށް ބުނާ މީހެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށް، ފަހުން ވީޑިއޯއެއް އާއްމު ކުރި އެވެ.

މި މައްސަލައިގައި ހިމެނޭ އަލަމްގިރި ނަމަކަށް ކިޔާ ބިދޭސޭ މީހާ އާއި، ނާޒިމް އަދި ކާނަލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ވީޑިއޯ ލީކުވި ފުލުސް އޮފިސަރު ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އަލަމްގިރިއަކީ 43 މީހެއްގެ ވީޑިއޯ މިގޮތަށް ނެގި މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ސިޔާސީ ބޮޑެތި މީހުންނާއި، އެ މީހުންގެ ދަރީންކަމަށް އަޑުވަނީ ފެތުރިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ