ސިންގަޕޫރަށް ވަޑައިގެން، ގޮތަބަޔާ އިސްތިއުފާ ދީފި 

ޚަބަރު ފަހުގެ


ސްރީލަންކާގެ ރައީސް ކަމުން، ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔާ އިސްތިއުފާގެ ސިޓީ މިހާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ވަނީ ފޮނުވާފައެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވާފައިމިވަނީ މިއަދު ހަވީރު ސިންގަޕޫރަށް ވަޑައިގެންނެވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާ އިސްތިއުފާ ދެއްވިކަން އެނގުމާއެކު ކޮލަމްބޯގައި މީހުން ވަނީ އުފާ ފާޅުކުރުމުގެ ގޮތުން ހަވާ އަރުވާފައެވެ.

އަމިއްލަ ގައުމުގެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖޭއަށް ވަޑައިގެން ދިވެހި ސަރުކާރުގެ ހިމާޔަތުގައި ހުންނެވުމަށްފަހު، ސްރީލަންކާގެ ރައީސް، ގޮތަބަޔާ ސައުދީ އަރަބިއަން އެއާލައިންގެ ބޯޓެއްގައި ސިންގަޕޫރަށް ފުރައިވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުމާ ގުޅިގެން އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ