އަންހެން ކުއްޖަކާއި ބެހުނު މީހަކު ބަރަހަނާކޮށް އޭނާއަށް އަނިޔާކޮށްފި 

ޚަބަރު ފަހުގެ


މާލެ އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނަކަށް އެރަށު މީހުން އަނިޔާކޮށް، އޭނާ ބަރަހަނާ ކޮށްފިއެވެ. މިހާދިސާ ހިނގީ މިރޭ 18:30 ކަންހާއިރުއެވެ.

އަނިޔާވި މީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރަށު ބަޔަކު ވަނީ ހެލްތު ސެންޓަރުން ކަރަންޓް ކަނޑާލުމަށްފަހު ހެލްތު ސެންޓަރަށް ވަދެ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު ބައެއް ފުލުހުންނަށް ވެސް އެރަށު މީހުން ހަމަލާ ދީފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ މާލެ އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާދީ އަނިޔާކުރާތީ އެކަން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވީ ކިތައް ފުލުހުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އާއި ފުލުހުންނަށް ހަމަލާ ދިން މައްސަލަ ވެސް ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ