ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތު ފައިނަލުގެ ފުރަތަމަ ޖާގަ ތާޓީ ޕްލަސް ހޯދިއިރު ރޫހްގެ ފުރަތަމަ މޮޅު

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ތާޓީ ޕްލަސް ހޯދިއިރު ރޫހް ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ދަނޑުގައި ތާޓީ ޕްލަސް އަދި ނައިރު ކަންމަތި ވާދަކޮށް 10-1 ކާމިޔާބު ކުރީ ތާޓީ ޕްލަސް އެވެ. މުބާރަތުގައި އެއްމެޗު ކުރިއަށް އޮއްވައި މި މޮޅާއެކު ތާޓީ ޕްލަސް މިވަނީ ފައިނަލް ގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އެޓީމް ވަނީ ފުރަތަމަ މެޗުންވެސް 10-2 ކުން ރޫހް އަތުން މޮޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ތާޓީ ޕްލަސްގެ މޫސާ ކަޔަސް ކައިލް އެވެ.

މިއަދު ކުޅެވުނު ދެވަނަ މެޗުގައި ވާދަކުރީ ރޫހް އާއި އޯލްޑް ސްޓާ އެވެ. މިމެޗު 7-1 ކާމިޔާބުކުރީ ރޫހްއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރޫހް ޓީމުގެ އަހުމަދު ރިޒްނީ އެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޯލްޑް ސްޓާއާއި ތާޓީ ޕްލަސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ނައިރު ކަންމައްޗާއި ރޫހް ޓީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ