ސަސްޕެންޝަނަށްފަހު ނުކުމެ ކުޅުނު ފުރަތަމަ މެޗުން ނިއުއަށް ތިން ޕޮއިންޓް

ކުޅިވަރު ފަހުގެ

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ރޭ ކްލަބު ޓީނޭޖް އަތުން 2-1 އިން ކުރިހޯދައި، ފުރަތަމަ މެޗުން ނިއުއަށް 3 ޕޮއިންޓް ހޮދައިފި އެވެ.

ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހާފައިވަނީ ނިއުރޭޑިއެންޓެވެ. މި ގޯލް ނިއުއަށް ޖަހައިދިނީ މެޗްގެ 14 ވަނަ މިނެޓްގައި ގާނާ ފޯވާޑް ކޯފޫ އޮވޫސޫއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެ ސްކޯގައެވެ. ނަމަވެސް، ދެ ވަނަ ހާފުގެ 6 ވަނަ މިނިޓްގައި ޓީނޭޖުގެ އަޙްމަދު އަލީ އަފީފީ ގޯލެއްޖަހާ އެއްވަރުކުރިއެވެ. އެއަށްފަހު ނިއުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އިތުރު ގޯލެއް ޖަހާ ލީޑް ނެގިއެވެ. އެއީ މެޗްގެ 72 ވަނަ މިނެޓް ތެރޭ އެ ގޯލް ވެސް ޖަހައިދިނީ ކޯފޫ އޮވޫސޫ އެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އާއި އެފްއޭއެމުން 2019 ވަަނަ އަހަރު ޖެނުއަރީ މަހު ސަސްޕެންޑްކޮށްފައި އޮތް ނިއު އަށް އަދަބުން ސަލާމަތްވެވުނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަން ބޯމަތިވެފައިވަނިކޮށެވެ.

ދެވަނަ ޑިވިޝަނުގައި ނިއު ކުޅޭ ދެވަނަ މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭއެވެ. ބުދަ ދުވަހުގެ ރޭ ނިއު ކުޅޭނީ ލޯރެންޒޯއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ރަސްމީ ބޯޅަ ދަނޑުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ