ސާއްބަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ރޫހް ކަށަވަރު ކޮށްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ވެޓްރަންސް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ރޫހް ކަށަވަރު ކޮށްފިއެވެ.

ރޫހް ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފައިވަނީ މިއަދު ހަވީރު ނައިރު ކަންމައްޗާ ވާދަކޮށް 4-6 ލަނޑުން މެޗު ކާމިޔާބު ކޮށްގެނެވެ.

އިޝްތިހާރު
އިޝްތިހާރު

މިމުބާރާތު ފައިނަލް މާދަމާ ކުޅޭ އިރު ރޫހް ވާދަކުރާނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނައިގައި އޮވެ ފައިނަލަށް ދަތުރުކުރި ތާޓީ ޕްލަސް އާއެވެ.

މިއަދު ތާޓީ ޕްލަސް ވަނީ އޯލްޑް ސްޓާއާ ވާދަކޮށް 10 ލަނޑުން މޮޅުވެފައެވެ.

ސާއްބަ އެކުވެރި ކުލަބު ވެޓްރަންސް ފުޓްސަލް މުބާރާތުގެ ތިންވަނަ ޓީމަކީ ނައިރު ކަންމައްޗެވެ. އެޓީމް ވަނީ ކުޅުނު 3 މެޗުން 3 ޕޮއިންޓް ހޯދާފައެވެ. އޯލްޑް ސްޓާ އަށް އެއްވެސް ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ