ރައީސް ސޯލިހުގެ ހެޔޮ ދުއާ މައުމޫނަށް!

ޚަބަރު ފަހުގެ


ކޮވިޑް-19އަށް ފައްސި ވެގެން ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް، ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެޔޮ ދުއާ ފޮނުއްވައިފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ފައްސިވިކަން އެނގުނީ ރޭގަ އެވެ. އަދި ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާތޯ ދުއާ ކުރާ ކަމަށެވެ.


މައުމޫންގެ އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ