ހަނިމާދޫ ބަނދަރުގައި ހުންނަ އޯޝަންވިއު ކެފޭގައި އަތް ދޮވެލާނެ ގޮތެއް ނުހުންނަތާ އެތަށް ދުވަހެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ބަނދަރުގައި ހުންނަ އޯޝަންވިއު ކެފޭގައި އަތް ދޮވެލެވެންވެސް ނެތްތާ އެތަށް ދުވަހެއް ވެފައިވާކަން ގޮށްކޮޅަށް އިތުބާރު ހުރި މަސްދަރެއްގެ ފަރާތުން އެނގިއްޖެއެވެ.

ހަނިމާދޫ ބަނދަރުގައި ހުންނަ ހަމައެކަނި ހޮޓާ އޯސަންވިއުގެ ހަބަރު ލިބުމާއެކު ގޮށްކޮޅު ޓީމުން އެ ހޮޓަލަށް ގޮސް ބެލި ބެލިމުން ފެނިފައިވަނީ އަތް ދޮންނަން ހުރި ތަށީގައި އަނގަ ދޮވެފައި ހައްޕުނޑު ގާވެފައި ހުރިތަނެވެ. އަދި އިސްކޫރު ދޫކޮށްލުމުން އިސްކޫރުން އެއްވެސް ވަރަކަށް ފެން އައިސްފައެއްނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ހޮޓަލަށް އާއްމުކޮށް ވަދެ އުޅޭ ފަރާތަކުން ނަން ނުޖެހުމަށް ސަރުތުކޮށް ބުނީ އެތަށި އެހެން ހުންނަތާ 2 ނުވަތަ 3 މަސްދުވަސް ވެދާނެ ކަމަށެވެ. އޭގެ އިތުރުން އެތަނުގެ މަސައްކަތް ކުރާ މުވައްޒަފަކު ބުނީ ތަނުގެ ވެރިފަރާތަށް އެކަން އެތަން ފަހަރަކު ހިއްސާ ކޮށްފައިވާނެ ކަމަށާ އެކަމާ ވެރިމިހާ އަޅައިލާފައި ނުވާކަމަށެވެ.

އޯޝަންވިއު ކެފޭ ހިންގަނީ އަލީ ކިޔާ ރަށުން ބޭރު ފަރާތެކެވެ. އެނާގެ އިތުރު 2 ހޮޓަލެއް ހަނިމާދޫގައި ހިންގައެވެ. އޭގެތެރޭ އެއަރޕޯޓުގައި ހިންގާ ހޮޓަލުގެ ނުތާހިރުކަމުގެ ވާހަކަ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިޔާގައި ދައުރުވެއެވެ.

https://gohkolhu.com/2021/08/06/report/12624/
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ