މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޝައިހް ފަޒްލޫން ދޫކޮށްލައިފި 

ޚަބަރު ފަހުގެ

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ.

ފަޒްލޫންގެ ގާނޫނީ ވަކީލު އަލީ ސައީދު މިއަދު ވިދާޅުވީ، ފަޒްލޫނުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާއަށް ޝަރުތުތަކެއްކޮށް ބަންދުން ދޫކޮށްލަން ކޯޓުން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފަޒްލޫން ދޫކޮށްލުމަށް ކުރި އަމުރުގައި ޝަރުތުކޮށްފައި ވަނީ، މާލެއިން ބޭރަށް ދާނަމަ އަދި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެނގުމަށާއި އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށް އަދި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ.

ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަރަކާތުގައި އިސްކޮށް ތިއްބެވީ ޝައިހް ފަޒްލޫނާއި ޝެއިހް އާދަމް ނިޝާން އެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގަ އެވެ. ޝެއިހް ފަޒްލޫން މިއަދު ދޫކޮށްލި ނަމަވެސް، ނިޝާންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އިތުރު 16 ދުވަސް ޖަހައިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ