ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަ ނުދެއްވުމަށް ޑރ.ޝަހީމް ގޮވާލައްވައިފި

ޚަބަރު ފަހުގެ


ދިވެހިންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވުންތައް އުފެދި، ބައިބައިވެގެން ދިޔަ ނުދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ޢަލީ ސަޢީދު އަދުގެ ސަރުކާރަށް ގޮވައިލައްވައިފިއެވެ.

ޔޯގާގެ ހުކުމާއި މެދު ދިވެހިންގެ މެދުގައި ދެބަސްވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި، ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީގެ ބަސް އެ މައްސަލާގައި ހާމަނުކުރާތީ ކަންބޮވުންފާޅުކޮށް ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ، ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތެރި ކުރުވުމަށް ތަކުރާރުކޮށް ގޮވައިލާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ކުރެއްވި މި ޓުވީޓުގައި ޝަހީމް ވަނީ ދިވެހިން ދީނީގޮތުން ބައިބައިވެގެން ދިޔަ ނުދިނުމަށް ގޮވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޯގާ އަކީ ޝިރުކުގެ ޢަމަލެއް ކަމަށާއި، އެކަމަކީ އިސްލާމްދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ކަމަށް ބުނެ، އެ ހުއްދަ ނުވާ ސަބަބު ވަރަށް ތަފްސީލްކޮށްދެއްވައި އަދާލަތު ޕާޓީން ރިޕޯޓެއް ނެރެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެކަމާ ދެކޮޅަށް ޓުވީޓެއް ކުރައްވާފައެވެ.

އެގޮތުން، ނަޝީދު ވަނީ، ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް ވިދާޅުވެފައެވެ.


އޭގެ ފަހުން ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވީ ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ