މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެ

ޚަބަރު ފަހުގެ

މި އަހަރު ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ. މި ގްރޫޕުގައި މިއަދު ހެނދުނު ރާއްޖެ އައިސްފައިވަނީ 117 މީހުންނެވެ.

1443 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕު މިމަހުގެ 20 ވަނަ ދުވަހު ރާއްޖެ އައިސްފައިވާއިރު، އެ ދުވަހުގެ ފްލައިޓުން 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިމަހުގެ 23 ވަނަ ދުވަހުގެ ފްލައިޓުން 175 މީހުން ވަނީ ރާއްޖެއައިސްފައެވެ.

ހައްޖުވެރިންނާއި އާއިލާގެ ބޭފުޅުންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައިދީ، އިތުރު މުވައްޒަފުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ.

ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދާން ބޭނުންވި އާއިލާގެ މެންބަރުންނަށް ކޮންމެ 15 މިނެޓަކުން ބަސްދަތުރު ހަމަޖައްސާފައިވީނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އަމިއްލައަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ