ރާއްޖެ ޓްރާންސްޕޯޓް ލިންކް ބަހުގެ ހިދުމަތް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފަށައިފި

ޚަބަރު ފަހުގެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފަށައިފިއެވެ.

އެމްޓީސީސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެކުންފުނިން އާރްޓީއެލް ބަހުގެ ހިދުމަށް ދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވާ 50 އަހަރުގެ ސާރވިސް އެގްރިމަންޓްގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ. ގަން (އަދ އެރަށާއި ގުޅިފައިވާ ރަށްތައް) ގެ އިތުރުން ލ. އިސްދޫއާއި ލ. ކަލައިދޫއަށް ބަހުގެ ހިދުމަތް 31 ޖުލައި 2022 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އާރްޓީއެލް ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ވަނީ ކަނޑައެޅިފައިވާ ރަށްތަކަށް މިހާރު ގެންދެވިފައި ކަމަށައި، އެގޮތުން ލ. އިސްދޫއާއި ލ. ކަލައިދޫއަށް 2 ބަސް، ލ. ގަމާއި އެރަށާއި ގުޅިފައިވާ ރަށްތަކަށް 4 ބަސް، ފުވައްމުލައް ސިޓީއަށް 4 ބަހުގެ އިތުރުން އައްޑޫ ސިޓީއަށް 13 ބަސް ގެންދެވިފައިވާ ކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

އެމްޓީސީސީއިން އިތުރަށް ވިދާޅުވީ، ފެންވަރު ރަނގަޅު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ޙިދުމަތުގެ ތެރޭގައި އާރްޓީއެލް ފެރީ އަދި ބަހުގެ ޙިދުމަތް ދިނުން ހިމެނޭ ކަމަށެވެ.

އެގޮތުން އެ ޙިދުމަތް ދިނުމަށްޓަކައި އާރްޓީއެލް ބްރޭންޑުކުރެވިފައިވާ ފެންވަރު ރަނގަޅު އައު 41 ބަސް ވަނީ ރާއްޖެއަށް ގެނެވިފައި ކަމަށާއި، މި ބަސްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ދުއްވުމަށް އެކަށީގެންވާ ބޮޑުމިނާއި ޖާގައިގެ ބަސްތަކެއް ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އެއް ފަހަރާ 20 މީހުންނަށް ދަތުރުކުރެވޭ މި ބަސްތައް ހުންނާނީ ދަތުރުކޮށްލަން ހިތްފަސޭހަވާނެހެން އެއަރ ކޮންޑީޝަން ކުރެވިފައި ކަމަށާއި 31 ޖުލައި 2022 ވަނަ ދުވަހު އަތޮޅުތަކަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދޭން ފެށުނު ނަމަވެސް، 14 އޯގަސްޓް 2022 ވަނަ ދުވަހާއި ހަމައަށް ކުރިޔަށްދާނީ ރޫޓުތައް ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މި މުއްދަތުގައި އަގު ނެގުމަކާއި ނުލާ ބަސްތަކުގައި ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން، 3 އަހަރުން ދަށުގެ ކުދިންނަށާއި، ސްކޫލް ކުދިންނަށާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށް އާރްޓީއެލް ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ