ޔާމީނަށް މި މަހު 19ގައި ރިޔާސީ ޓިކެޓް ހަވާލުކުރަން ބޮޑު ޖަލްސާއެއް 

ފަހުގެ ސިޔާސީ

ކުރީގެ ރައީސް އަބްުދުﷲ ޔާމީނަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން މި މަހު 19 ގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ސަންގު ޓީވީގެ ޚަބަަރަށްފަހު ޕްރޮގްރާމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާ މި މަހުގެ 19 ވަނަ ދުވަހުގެރޭ އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ރައީސް ޔާމިނާއި ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަަމަށް ދެ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށް ނިންމީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ފަސް އަހަަރަށް އެމަނިކުފާނު ޖަލަށް ލުމުންނެވެ. އޭރު ނިންމި ނިންމުމުގެ މައްޗަށް، ޕްރައިމަރީއަކަށް ނުގޮސް އެމަނިކުފާނާ ޓިކެޓް ހަވާލުކުރަން ޕީޕީއެމް/ޕީއެންސީގެ ކައުންސިލުން ވަނީ މި ހަފުތާގައި ރުހުންދީފަ އެވެ.

ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓަކު ޕްރައިމަރީއަކާ ނުލައި ހޮވުމާ ގުޅިގެން އަމާޒުވާ ފާޑުކިއުންތަކަށް ދެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ޔާމީންއާ ވާދަކުރައްވަން ޝައުގުވެރިވާ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. ޕްރައިމަރީއަކަށް ހުޅުވާލައި ބޮޑު ހޭދައެއް ކުރުމަށް ވުރެން ބޮޑަށް ކައުންސިލުން ނިންމީ ގިނަ ރައްޔިތުންގެ ހުށަހެޅުމުގެ މައްޗަށް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ