ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުމަކީ ގަރުނުގެ ބޮޑު ޖޯކެއް: ރޮޒެއިނާ 

ޚަބަރު ފަހުގެ

އިނގިރޭސިވިލާތުގައި އާއިލާއާއެކު މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯން ފޭރިގަނެގެން ދިއުމަކީ ގަރުނުގެ ބޮޑު ޖޯކެއް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދާ ހަވާލާ ދެއްވައި މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕަށް، މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މެންދުރުގެ ފަރިއްކޮޅުގައި އިންނަވަނިކޮށް ނަޝީދުގެ ފޯނު ޖަހައިގަނެ، މީހަކު ފިލާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މެސެޖުގައި އެދިވަޑައިގެންފައި އޮތީ ނަމްބަރު ބްލޮކްކޮށްދެއްވުމަށެވެ.

ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވި އިރު އާއިލާ ދިރިއުޅުއްވަނީ އެ ގައުމުގައެވެ.

ނަޝީދުގެ ފޯނު ޖަހައިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދު އަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ފޭސްބުކްގައި ރޮޒެއިނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަތަރު ފޮޓޯއާ އެކު ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން އެއީ މި ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ.

“ތި ފޮޓޯ ފޮނުވި މީހާގެ ފޯނުތަ އަނެއްކާ ކުނޫޒު ކައިރިން ޖަހައިގަތީ؟ މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމް އަޅުވާފައި މިއަށް ވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގުނީބާ؟” ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް މެސެޖްކުރެއްވީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ބަޔަކަށް ތުހުމަތުވާ އިރު އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމުން ހިތްހަމަޖެހިވަޑައިނުގެންނެވެ.


ރައީސް ސޯލިހަށް އަމާޒު ކުރައްވައި ނަޝީދު ކުރެއްވި އެ ބޮޑު ތުހުމަތާ ގުޅިގެން މަޖިލިހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު