އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި 

ޚަބަރު ފަހުގެ

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ އެ އިދާރާގެ ސީނިއަރ މުވައްޒިފެއް ނޫނެވެ. އަދި މިމުވައްޒަފު ސަސްޕެންޑް ކޮށްފައިވަނީ، މިހާރު އާންމުވެފައިވާ ވީޑިއޯތަކުގައި ފެންނަ ބަންގލަދޭޝްގެ އަމަލްގިރިއާއި އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ކަންވެސް ޔަގީން ކުރެއްވިއެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް މުވައްޒިފަކު ސަސްޕެންޑް ކޮށްފައިވާއިރު، ބަންގްލަދޭޝްގެ އަލަމްގިރިއާއެކީއ އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނާ ގިނަ ވީޑިއޯތަކެއް ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ދަނީ ލީކުވަމުންނެވެ.

މިގޮތުން އެންމެ ފަހުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ ޓީޗަރަކާއި އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުގެ އިތުރުން ނޫސްވެރިޔާ ނަސީރު ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ