ޒަހަމްތަކާ އެކު، މަރާލައިފައި އޮތް އަންހެނަކު މާލޭ ގެއަކުން ފެނިއްޖެ 

ޚަބަރު ފަހުގެ

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމްތަކާ އެކު، މަރާލައިފައި އޮތް އަންހެނަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލައިފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަންހެންމީހާގެ ހަށިގަނޑު ފެނުނީ ޝީރީންވިލާ، 9 ވަނަ ފަންގިފިލާއިންނެވެ. އެނގިފައިވާ ގޮތުގައި އަންހެން މީހާ އަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ކަރު ވެސް ވަނީ ބުރިކޮށްލައިފަ އެވެ. އެކަމަކު ފުލުހުން އެކަން އަދި ޔަގީންކޮށެއް ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ސީންއިން ފުލުހުުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ