ރައީސް އަކު ކަނޑައަޅާއިރު ބޭނުންވަނީ ބަސްމަދު އަމަލުގިނަ ބޭފުޅެއް: އާޒިމް 

ޚަބަރު ފަހުގެ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު ކަނޑައަޅާއިރު ބޭނުންވަނީ ބަސްމަދު އަމަލު ގިނަ ބޭފުޅެއް ކަމަށް  އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފ.މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މަގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ގައުމަކަށް ރައީސް އަކު އައްޔަން ކުރާއިރު މުޅި އެ ގައުމުގެ ކުރިއެރުމާއިމެދު ވިސްނަންޖެހޭކަމަށެވެ. އެހެންކަމުން އެގޮތުން ކަނޑައަޅާފަރާތަކީ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވާންޖޭހޭކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

އާޒިމް އިތުރަށް ވިދާޅުވީ، ރައީސް ޞާލިހު ބޭނުންފުޅުވަނީ، ދިވެހިންނަކީ އެކަކު އަނެކަކުދެކެ ލޯބިވާ އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ވާންކަމަށެވެ. އެގޮތުން ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓްތައްވެސް ރައީސް ޞާލިހު ފަރާތުން ހިންގަވަނީ އެންމެން އެކަތި ގަނޑަކަށް ހަދައި އެއްބަޔަކަށް ހެދުމަށް ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ