​ބްރެންޓްފޯޑުން މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނުވާލައިފި

ކުޅިވަރު ފަހުގެ

​ފުރަތަމަ 35 މިނެޓުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން، ލީގަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ޔުނައިޓެޑް ލަދުގަންނުވާލައިފިއެވެ.

ބްރެންޓްފޯޑުން މެޗު ކާމިޔާބުކުރީ 4-0 ނެވެ. ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދައިދިނީ 10 ވަނަ މިނެޓުގައި ޑަސިލްވާއެވެ. 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ޖެންސެންއެވެ. ތިންވަނަ ލަނޑު ޖެހީ މީއެވެ. އޭނާ ލަނޑު ޖެހީ 30 ވަނަ މިނެޓުގައެވެ. އޭގެ ހަތަރު މިނެޓުފަހުން ހަތަރު ވަނަ ލަނޑު ޖެހީ އެމްބެއުމޯއެވެ.

އިޝްތިހާރު
އިޝްތިހާރު

ރޮނަލްޑޯވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު މެޗުގައި ޔުނައިޓެޑް ފެނުނީ އާދައިގެ ކޮށެވެ. ޔުނައިޓެޑް ވަނީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބްރައިޓަން އަތުންވެސް ބަލިވެފައެވެ. މިއީ ލީގުގެ ފުރަތަމަ ދެ މެޗަށް ބަލާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ ދަށް ފެށުމެވެ. ޔުނައިޓެޑް އޮތީ ޕޮއިންޓެއް ނުލިބި ގެއްލުނު ފަސް ގޯލާއެކު 20 ޓީމް ވާދަކުރާ ލީގުގެ ފުލުގައެވެ. މިދިޔަ ސީޒަނުން ފެށިގެން މިމެޗާ ހަމައަށް ލީގުގެ ހަތް މެޗެއްގައި ޔުނައިޓެޑް ކޮޅަށް ވަނީ ހަތަރު ގޯލް ވަދެފައެވެ.

މެޗުން މޮޅުވި ބްރެންޓްފޯޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ