ހިޔާ ފްލެޓް ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި

ޚަބަރު ފަހުގެ

ހުޅުމާލެ ދެވެނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ ފަރާތުން ހެދި މަރުކަޒެކެވެ. މި މަރުކަޒު ހަދާފައިވަނީ ހިޔާ 10ވަނަ ޓަވަރުގެ އެންމެ ތިރީ ފަންގިފިލާގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޔޫތު މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިއީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް އެޗްޑިސީއާއި ގުޅިގެން އެ މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތެކެވެ، މި މަރުކަޒު، ޒުވާނުންގެ އިތުރުން ކުޑަކުދިންނާއި ހިޔާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ބޭނުންކުރެވޭނެކަމަށް ޔޫތް މިނިސްޓްރީއިން ބުނެއެވެ.

މި ޒުވާނުންގެ މަރުކަޒުގައި ޓޭބަލްޓޮޕް އާއި ފުޓުބޯޅައާއި، ޓޭބަލް ޓެނިސް އަދި ކެރަމް އާއި ތާސް ފަދަ ކުޅިވަރުތައް ކުޅޭވޭގޮތް ވަނީ ހަދާފައެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު އެވެ. އެތަން ހުޅުއްވައިދެއްވައި މަހުލޫފު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާ ސަރަހައްދަށް ގިނަ ބަޔަކު މިހާރު ބަދަލުވެފައިވާއިރު އެ ސަރަހައްދުގައި ގިނަ ޚިދުމަތްތަކެއް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި ކްލިނިކުގެ ޚިދުމަތާއި ފިހާރައިގެ ޚިދުމަތްތައް މިހާރު ދެމުން އަންނައިރު އެ ސަރަހައްދުގައި ސްކޫލް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ