މާކުރަތު ބަނދަރު ފުން ކުރުމުގެ %73 މަސައްކަތް ނިމިއްޖެ

ޚަބަރު ފަހުގެ

ރ. މާކުރަތު ބަނދަރު ފުން ކުރުމުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބާ ބޭސިން ފުންކުރުމުގެ 73 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން، 45،023.84 ކިއު ބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 28 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެ އެވެ.

އަދި 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 129 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމާއި، 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 350 ދުވަހުގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ