ހުޅުމާލެ ބީޗްގައި ޖެލީ ފިޝްގެ ނުރައްކާތެރި ބާވަތެއް، ސަމާލުވޭ! 

ޚަބަރު ފަހުގެ

ހުޅުމާލެ ބީޗް ސަރަޙައްދުން ނުރައްކާތެރި ބާވަތެއްގެ ޖެލީ ފިޝްތަކެއް ފެންނަމުންދާތީ، މޫދަށް ގޮސްއުޅޭ ފަރާތްތަކުން އެކަމަށް ސަމާލްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

“ޕޯޗުގީޒް މެން-އޮ-ވަރ” އަކީ ޖެލީފިޝްގެ ވިހަގަދަ ބާވަތެކެވެ. މިއީ އާއްމުކޮށް ހޫނު ދުވަސްވަރު ފެންނަ ޖެލީފިޝްގެ ބާވަތަކެވެ. ކުޑަ ފުއްޕާ ހަމެއްހެން އޮންނަ ނޫކުލައިގެ މި ޖެލީފިޝްގެ ބޮޑު މިނަކީ ގާތްގަނޑަކަށް ދެ އިންޗިއެއެވެ. އަދި ހިމަ ރޮދިކޮޅުތަކެއް ފަދަ، އޭގެ ފައި ތަކުގައި (ޓެންޓަކަލްސް)ގެ ދިގުމިނުގައި 30 ފޫޓުވެސް ހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޖެލީފިޝްގެ ވިހައިގައި ޖެހިއްޖެނަމަ، ހަށިގަނޑުގެ އެ ގުނަވަނެއް ރަށްވެ ދިލަނެގުމާއި، ހުން އައުމާ ނޭވާލާން އުނދަގޫވުން ފަދަ ސިއްޙީ މައްސަލަތައްވެސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ކުޑަކުދިންނާއި ނޭވާ ހިއްލުން ހުންނަ މީހުންނަށް މީގެ ނުރައްކާ ބޮޑެވެ.

މި ޖެލީ ފިޝްގެ ވިހައިގެ އަސަރުކޮށްފިނަމަ، އެތަނެއް ތާފަނާ ލޮނު ފެނުން ވިއްސަކަށް މިނެޓް ވަންދެން ދޮވެލުމުން އޭގެ އަސަރު ކުޑަކޮށްދެއެވެ. ބޮޑުވަރުވާނަމަ، ޖެހޭނީ ސިއްޙީ ފަރުވާ ހޯދާށެވެ.

މީގެ ކުރިންވެސް ބައެއް ދުވަސްވަރު، ޖެލީ ފިޝްގެ މި ބާވަތް ރާއްޖެއިން ފެނެއެވެ. އަދި މިދުވަސްވަރު މި ޖެލީފިޝް ހުޅުމާލޭގެ މޫދާއި ގޮޑުދޮށް ސަރަޙައްދުން ގިނަ އަދަދަކަށް ފެންނަމުން ދާތީ، މިފަދަ ޖެލީ ފިޝްގައި އަތް ނުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫދަށް އެރި އުޅުމުގައާއި ގޮނޑުދޮށުގައި އުޅޭ ވަގުތުވެސް މިކަމަށް ސަމާލްވުމަށް ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ