ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި

ޚަބަރު ފަހުގެ

ފިހާރައެއް ތެރޭ 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މާލޭގެ ފިހާރައެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް އިތުރުވަމުންނެވެ. އެ ފަދަ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ