ނޯތު ލީގު: ގްރޫޕް ޑީ ގެ ފުރަތަމަ މޮޅު އުނގޫފާރު ހޯދައިފި

ކުޅިވަރު ފަހުގެ

ތިން ޓީމު ވާދަކުރާ ގްރޫޕް ޑީ ގެ ފުރަތަމަ މޮޅު، 1-0 އިން އަލިފުށި ބަލިކޮށް އުނގޫފާރުން ހޯދައިފިއެވެ.

ގްރޫޕް ޑީ ގައި ކުޅުނު ފުރަތަމަ މެޗުން އަލިފުއްޓާއި ދުވާފަރު ވަނީ 2-2 އިން އެއްވަރުވެފައެވެ. ދެ ވަނަ މެޗުގައި ދުވާފަރާއި އުނގޫފާރުގެ މެޗު ވެސް ނިމުނީ 2-2 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ތިން ވަނަ މެޗުގައި މިއަދު އަލިފުށި ބަލިކޮށް އުނގޫފާރުން މި ވަނީ ނޯތު ލީގުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދުމާ ގާތަށް ޖެހިލައިފައެވެ.

އަލިފުށީ ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ހަމައެކަނި ގޯލު މެޗުގެ 16 ވަނަ މިނިޓްގައި އުނގޫފާރު ޓީމަށް ޖަހައިދިނީ އެ ޓީމަށް ކުޅޭ އުޒްބެކިސްތާންގެ މިޑްފީލްޑަރު، އުމަރުޔޯނޯފް އަހްރޯރްއެވެ.

ގްރޫޕްގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހު، އުނގޫފާރު ވާދަކުރާނީ އަލިފުށްޓާއެވެ.

ފޮޓޯ: އެންއެސްސީ ބިގްމޭން (އައްޔަ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ