ސުމަތުރާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފި

ޚަބަރު ފަހުގެ

މާލެއަށް ބިން ހެލުމުގެ އަސަރުކޮށްގެން ބައެއް ޢިމާރާތްތަކުން މީހުން ހުސްކޮށްފިއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއްވާ ގޮތުގައި މިއަދު ހެދުނު އިންޑޮނޭޝިއާއަށް ރެކްޓަރ މިންގަނޑުން 6.0ގެ ބާރުމިނުގައި އައި މިބިންހެލުމުގެ އަސަރު ރާއްޖެއަށްވެސް ވަނީކޮށްފައެވެ. ބިން ހެލުމާ ގުޅިގެން ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންވަނީ ހުސްކޮށްފައެވެ. 10 ބުރީގެ އެއިމާރާތުގައި ތިބި މުވައްޒިފުން ވަނީ ތިރިއަށް ބާލުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުންވެސް އެސަރަހައްދުގެ ބައެއް ގޭތަކުންވެސް މީހުންވަނީ ތިރިއަށް ފައިބާފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ބިން ހެލުމާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކާއި، އަތޮޅު ތެރޭގެ ބައެއް ރަށްތަކަށްވެސް ގުޑުން އައިކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. ނަމަވެސް މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް މާބޮޑު އަސަރުތަކެއް ކުރާނެކަމަށް ނުބެލެވޭ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ