ޔުނިޓީ ކަޕް 2020 ފަށައިފި

ކުޅިވަރު ފަހުގެ

ށ.ފުނަދޫ ޒުވާނުން ތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ޔުނިޓީ ކަޕް 2020 ފަށައިފިއެވެ.

ރޭ ފުނަދޫ ޔޫތު ސެންޓަރުގައި ގާއިމް ކޮފައިވާ ވޮލީ
ކޯޓުގައި މިމުބާރާތް ފެށިއިރު ވަނީ 4 މެޗެއް ކުޅެފައެވެ. ފިރިހެން 3 މެޗު އަދި އަންހެން 1 މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެވީ އަބުދުލް މުހުސިން އިބުރާހިމެވެ. މިއީ ކުރީގެ ފުނަދޫ ވޮލީ ގައި ފިޔަޖަހާލި ބޭފުޅެކެވެ.

ފޮޓޯ އަޙުމަދު އާސިމް

ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވާދަކުރީ ފިރިހެން ވޮލީގެ ޕޮލިސް ފެމެލީ އަދި ގުޑްއައިޑީއާ އެވެ. މިމެޗު 2-1 ކަމިޔާބު ކުރީ ޕޮލިސް ފެމިލީ އެވެ.

ފުރަތަމަ ސެޓް ގުޑްއައިޑިއާ ގެންދިޔައީ 21-17 އިނެވެ. ދެން ކުޅުނު ދެސެޓް ޕޮލިސް ފެމެލީ ކާމިޔަބުކުރީއެވެ. 2 ވަނަ ސެޓް 21-16 އިން އަދި 3 ވަނަ ސެޓް 21-19 ގެ ނަތީޖައިންނެވެ. މި މެޗުގެ މޮޅު ކުޅުން ތެރިޔަކަށް ހޮވުނީ ޕޮލިސް ފެމިލީ ޖޯޒީ ނަންބަރު 13 ޝައުކަތު ޝާމް އެވެ.

ދެވަނައަށް ބައްދަލު ކުރި މެޗުގައި ވާދަކުރީ އަންހެން ވޮލީގެ ފެލްކަން އަދި ސޭފް ސެޓްސް އެވެ. މި މެޗު ސީދާ 2 ސެޓުން ކަމިޔާބުކުރީ ސޭފް ސެޓްސް އެވެ.
ފުރަތަ ސެޓް 21-17 އިން ކަމިޔާބުކުރި އިރު ދެވަނަ ސެޓް 21-19 ން ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައި ވަނީ ސޭފް ސެޓްސްގެ ޖޯޒީ ނަންބަރު 21 އަޒީމާ މުޙައްމަދުފުޅު އެވެ.

ތިންވަނަ އަދި ހަތަރުވަނަ މެޗުގައި ކުޅުނީ ފިރިހެނުންގެ ވޮލީ އެވެ.

ތިންވަނަ މެޗުގައި ވާދަކުރީ އުނގަ ވީސީ އާއި ސިކްސް އެބްސް އެވެ. 21-16 އަދި 21-17 މިމެޗު ކަމީޔަބު ކުރީ ސިކްސް އެބްސް ށެވެ. މި މެޗުގެ މޮޅު ކުޅުން ތެރިއަކީ ސިކްސް އެބްސްގެ ޖޯޒީ ނަންބަރު 6 އަލީ ފިރާގެވެ.

ފޮޓޯ އަޙުމަދު އާސިމް

4 ވަނަ މެޗުގައި ވާދަ ކުރީ ގަޕީސް އަދި ޔަންގް ފޯސް ށެވެ. 2-1 ކުން މިމެޗު ކާމިޔާބު ކުރީ ޔަންގް ފޯސް އެވެ. ފުރަތަމަ ސެޓް 26-24 ގަޕީސް ކަމިޔާބުކުރިއިރު، ދެން ކުޅެވުނު ދެ ސެޓް ވެސް 24-22 އަދި 26-24 ހުން ކާމިޔާބު ކުރީ ޔަންގް ފޯސް އެވެ. މި މެޗުގެ މޮޅުކުޅުން ތެރިޔާގެ މަގާމު ހޯދީ ޔަންގް ފޯސް ޖަޒީ ނަންބަރު 8 އަބްދުއްރަހްމާން ހަސަން ނެވެ.

މިރޭ ވެސް މިމުބާރާތުގެ މެޗުތަކެއް ކުޅެވޭނެއެވެ.
މި މުބާރާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތް ތެރިވަނީ ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މަޖީދު (މާއްޓޭ) އެވެ.

ޔުނިޓީ ކަޕްގެ ފުޓްސަލް މުބަރާތް އަންނަ މަހު (ސެޕްޓެމްބަރ) 01 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ އަޙުމަދު އާސިމް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ