އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

ކުޅިވަރު ފަހުގެ

ނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް އާސެނަލް ކާމިޔާބުކޮށްފި އެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުމުން ޖެހި ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ.

މެޗުގައި ލިވަޕޫލް އިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ފުރަތަމަ ހާފް ގައި އާސެނަލުން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ގައި ބުކާޔޯ ސަކާގެ އެހީތެރި ކަމާއެކު އަބުމަޔެންގް ލަނޑު ކާމިޔާބު ކުރިއިރު ފުރަަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މެޗުގެ ދެވަނަ ހާފަށް ނިކުމެ ލިވަޕޫލްއިން ގިނަ ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރި އިރު އާސެނަލުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ނަމަވެސް މެޗުގެ 73 ވަނަ މިނިޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ. 


މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ޖެހި ޕެނަލްޓީތަކުގެ ތެރެއިން އާސެނަލުން ޖެހި ފަސް ޕެނަލްޓީ ކާމިޔާބު ކުރިއިރު ލިވަޕޫލަށް ވަނީ އެއް ޕެނަލްޓީ ކާމިޔާބު ނުކުރެވިފައެވެ. ލިވަޕޫލްގެ ޒުވާން ފޯވާޑް ރިއާން ބްރޫސްޓާ ފޮނުވާލި ބާރު ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއީ އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. މީގެ ކުރިން ލިވަޕޫލުން ވަނީ ކޮމިއުނިޓީ ޝީލްޑް 15 ފަހަރު ކާމިޔާބުކޮށްފަ އެވެ. ކޮމިއުނިޓީ ޝީލްޑްގައި އެންމެ ކާމިޔާބު ކްލަބަކީ 21 ފަހަރު މޮޅުވެފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.

އެފްއޭ ކޮމިއުނިޓީ ޝީލްޑަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ