މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފި

ޚަބަރު ފަހުގެ

މާލޭގައި މިއަދު މިނީ ބަހުގެ ހިދުމަތް ފަށައިފި އެވެ.

މި ހިދުމަތަކީ އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޓް ލިންކް އާރްޓީއެލް) ގެ ދަށުން ދޭ ހިދުމަތެކެވެ. ވެރިރަށް މާލޭގައި މިނީ ބަހުގެ ހިދުމަތް މިއަދު ފެށި އިރު، އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި މިނީ ބަހުގެ މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ފަށައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކުންފުނިން ބުނީ މިއަދު ފަތިހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ އެކީ ކުރިއަށް އޮތް ދެ ހަފުތާ އަށް ހިލޭ ދަތުރުތައް ކުރެވޭނެ އެވެ. މާލޭގައި 18 ބަސް ބޭނުން ކުރާ އިރު، ހިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 10-15 މިނެޓާ ދޭތެރޭ ވަގުތެއްގައި ލިބޭނެ އެވެ. ހިދުމަތް ފެށުމާ އެކީ ދެ ހަފުތާ އަށް ހިލޭ ދަތުރުކުރެވޭނެ ފުރުސަތު ދިނުމަށް ފަހު، ހިދުމަތް ދޭނީ 7ރ. އަށެވެ. އެގޮތުން އާރުޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރް ޓިކެޓް ނެގޭނެ އެވެ.

މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭ އިރު، ސްކޫލް ކުދިންނާއި 3 އަހަރުން ދަށުގެ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އަބަދު ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ