އެއްޖިންސުން ގުޅުން ހިންގި 3 މީހަކު ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހު 6 ވަނަ ދުވަހު 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 45 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް، 47 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެކުރިންވެސް އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެން ބައެއް މީހުން ދޫކޮށްލާފައިވާއިރު، ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް ވެސް ހިމެނެއެވެ.

މިފަހުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބަޔަކު ވަޒީފާތަކުންވެސް ސަސްޕެންޑް ކޮށްފައިވާކަން އެކި އިދާރާތަކުންވެސް ހާމަކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ