ދެން އެންމެ އަވަހަށް މުސާރަ ބޮޑުކުރާނީ ސިއްހީ ދާއިރާއަށް: ރައީސް 

ޚަބަރު ފަހުގެ

މުސާރައިގެ ހެޔޮ ބަދަލު ދެން އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ކުރިއަށްދާ މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސިއްހީ ނިޒާމު ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާއެކުވެސް މުޅި ރާއްޖޭގައި ސިއްހީ ހިދުމަތް ދެމުން އައި ސަރުކާރުގެ ކޮންމެ ހިޔާވައްސަކަށް ބޭނުންވާ އިތުރު ބަދަލާ ފުރިހަމަކަން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްވެސް ހައްގު ކަމަށެވެ. އަދި ކުރާ މަސައްކަތުގައި މުޅި އުމުރު، އަވަދި ކުރަމުންދާ މީހާއަށް ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

“ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ. އެ ފައިސާ އަތަށް ލިބިއްޖެ. އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް ކުރިން ނުވި އެތަށް ރަނގަޅެއް ވެއްޖެ،” ރައީސް ވިދާޅުވި އެވެ.

ގާބިލު އެކަށޭނެ ޕްރިންސިޕަލުންނާއި ޓީޗަރުން ލިބުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލާފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރާންޖެހި، ނުވެ އޮތް ކަމެއް ކަމަށެވެ.

“މުސާރައިގެ ހެޔޮ ބަދަލު ދެން އިރާދަކުރެއްވިއްޔާ އެންމެ އަވަހަށް ލިބޭނީ ސިއްހީ ދާއިރާއަށް،” ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ