އާސަންދައިގެ ދަށުން ވިލާ އެއަރއިން އިމަރޖެންސީ އިވެކުއޭޝަންގެ ޚިދުމަތް ދެނީ

ޚަބަރު ފަހުގެ

އާސަންދަ ކުންފުންޏާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޓްރެވެލް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤްއެވެ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުއްﷲ ނާޝިދެވެ.

އިޝްތިހާރު
އިޝްތިހާރު

އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ޚިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކާމާއި އެއްބާރުލުން މިއެއްބަސްވުމުގެ ދަށުން، ވިލާ އެއަރ ޕވޓ ލޓޑ ގެ ފާރާތުން އާސަންދަ ކުންފުންޏަށް ލިބިގެންދާނެއެވެ. ޚާއްސަކޮށް ވިލާ އެއަރގެ ފްލައިޓްތައް ދަތުރުކުރާ އެއަރޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާ، ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް، މި އެއްބަސްވުމުގެ ސަބަބުން، އާސަންދަ ސްކީމްގެ ދަށުން އިމަރޖެންސީ އިވެކުއޭޝަން ޚިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އާސަންދަ ކުންފުނިން ދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއަލައިންތަކާއި އެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ