‎ހަނިމާދޫއަށް އަނެއްކާވެސް ބުދެއް ލައްގައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހދ.ހަނިމާދޫއަށް އަނެއްކާވެސް ބުދެއް ލައްގައިފިއެވެ.

އެރަށަށް މިއަދު ލައްގާފައިވަނީ ލަކުޑި ބުދެކެވެ. އެބުދުގައި އިންސާނުންގެ މޫނު ސިފަވާ 7 ބޯބުރި ހުއްޓެވެ. އަދި އެ ބުދުގެ ތިރީގައި މަސްތަކެއް ކުރަހާފައި ހުއްޓެވެ. އަދި އިންސާނެއްގެ އަތާއިފައި ލާފައި ބޯތަށް ހުރީ އެކޮޅުކޮޅަށް އަނބުރާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބިދު މިހާރުވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައެވެ.

މި މަހުގެ 10 ވަނަ ދުވަހުގައިވެސް ހަނިމާދޫ ބަނދަރު ސަރަހައްދަށް ލަކުޑި ބުދެއް ލައްގާފައިވެއެވެ. އެދުވަހު ލެއްގި ބުދުގައި ތިން ފޫޓުވަރު ހުއްޓެވެ. އެ ބުދުގައިވެސް އިންސާނެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައި ހުއްޓެވެ. އަދި ބުދުގެ ކުރިމަތި ފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ކަނޑައި ނަގާފައި ހުއްޓެވެ. އަދި ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ބައެއް ކަނޑާ ނަގާފައިވެއެވެ.

ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން ކަނޑު ރިނދަލި ކޮންމެވެސް ވަރަކަށް މި ދެ ބުދުގައި ޖަހާފައި ހުއްޓެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ