އެންސްޕާގެ ސީއީއޯއަކަށް މަރިޔަމް ޝަފީގް

ޚަބަރު ފަހުގެ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

މަރްޔަމް ޝަފީޤު އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ޢައްޒާމް ވަޖީހު މިއަދު އިސްތިއުފާދެއްވާފައި ވާތީ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފަ އެވެ.

މަރްޔަމް ޝަފީޤު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ