އޮރިޔާން ކާޑު ދައުވާތަކަށް އަލަމްގީރް އިއުތިރާފު

ޚަބަރު ފަހުގެ

ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ މައްޗަށް އުފުލި އިތުރު 40 ދައުވާ އަށް ވެސް އޭނާ މިއަދު އިއުތިރާފްވެއްޖެ އެވެ.

އަލަމްގީރްގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެ 40 ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށްގެންދިޔައިރު އެ ދައުވާތަކަށް އޭނާ އިއުތިރާފްވުމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއަދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

އަލަމްގީރްގެ މައްޗަށް އިތުރު 40 ދައުވާ އުފުލިއިރު މީގެކުރިން އޭނާގެ މައްޗަށް އުފުލި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާ ސާބިތުވެ ވަނީ ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

އަލަމްގީރްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި ކުރިން މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.

މީގެތެރެއިން ނާޒިމް ހަތަރު މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފައިވާއިރު، އަބްދުއްރަހްމާން އެއް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އަލަމްގީރާ އެކީ ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވި އެކި ފިޔަވަޅުތައް އެޅި މީހުންގެ ތެރޭގައި ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާއި ކަސްޓަމްސް އާއި ސިފައިންނާއި ފުލުހުންނާއި ޓީޗަރުންނާއި މުދިމަކު ވެސް ހިމެނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ