ފިނޭގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ހިދުމަތްދޭން ފަށައިފި

ޚަބަރު ފަހުގެ

ހދ. ފިނޭ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ހިދުމަތްދޭން ފަށައިފިއެވެ.

މި ދެ މަޝްރޫއުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. މީގެ އިތުރުން، ހދ. ފިނޭ ފެނަކަ އައު އޮފީސް ވެސް ރައީސް ޞާލިހު ވަނީ ހުޅުވައިދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހދ. ފިނޭ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮށްފައިވަނީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކުރެވުނީ 29 ސެޕްޓެމްބަރ 2019 ގައެވެ. އަދި އަމަލީ މަސައްކަތް ފެށުނީ 20 އޮކްޓޯބަރު 2019 ގައެވެ. މި މަސައްކަތް ނިންމީ 7 އޮގަސްޓް 2022 ގައެވެ.

މި މަޝްރޫއަކީ 21،335،698.08 (އެކާވީސް މިލިއަން ތިންލައްކަ ތިރީސް ފަސްހާސް ހަސަތޭކަ ނުވަދިހަ އަށް ރުފިޔާ އަށް ލާރި) ގެ މަޝްރޫއެކެވެ.

މި ދެ މަޝްރޫއުގެ ތެރެއިން 4.8 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް ގާއިމްކޮށްފައިވާ އިރު، 7.2 ކިލޯ މީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއް ގާއިމްކޮށްފައިވެއެވެ. މީގެ އިތުުރުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާ 2 އާރުއޯޕްލާންޓް ބަހައްޓާފައިވެއެވެ.

ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގީ އަދި ވާރޭފެން ރައްކާ ކުރުމަށް 110 ޓަނުގެ ތާންގީއެއް ބެހެއްޓިފައިވެއެވެ. 179 ގެއަކަށް ފެނުގެ ކަނެކަޝަން ގުޅާދީފައި ވާއިރު 180 ގެއަކަށް ނަރުދަމާ ވަނީ ގުޅާދީފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ