ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކޮށްފި

ޚަބަރު ފަހުގެ

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެގެން ގޮސްފައިވާ އުޅަނދުތަކާއި، ގަވާއިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ރަޖިސްޓްރީ ބާތިލުކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައްވެސް އާއްމުކޮށްފައެވެ. އެ ވެހިކަލްތަކުގެ ތެރޭގައި ދެ ޕިކަޕާއި 48 ކާރު ހިމެނެއެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކެއްގެ ރަޖިސްޓްރީ މިމަހުގެ 7ވަނަ ދުވަހުވެސް ޓްރާންސްޕޯޓުން ވަނީ ބާތިލުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ