ޒަމާނީ ބަދަލުތަކާއެކު ތަރައްގީކުރި އުތީމު އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

ޚަބަރު ފަހުގެ

ހއ. އުތީމުގައި އަލަށް ޢިމާރާތްކުރި އާ އިންޖީނުގެއާއި، އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ހުޅުއްވައިދެއްވައިފިއެވެ.

ހއ. އުތީމުގައި އިމާރާތް ކުރެވުނު އާ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖީނުގެއާއި އޮފީސް ޢިމާރާތް ބައްލަވާލައްވާއި، އެތަނުގެ ހިދުމަތްތަކާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާލައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހއ. އުތީމުގައި ކުރިން ހުރި އިންޖީނުގެއަކީ، މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި، 24 އަހަރުވީ އިންޖީނުގެއެކެވެ.

އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް ޢިމާރާތް ބިނާކުރެވިފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. މި އިންޖީނުގެ ފަރުމާކޮށްފައި ވަނީ 600 ކިލޯވޮޓްގެ 4 ޖެންސެޓް ބެހެއްޓޭގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ