ކުރިއަށް އޮތް 5 ދުވަހުވެސް ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ: މެޓް

ޚަބަރު ފަހުގެ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ފަސް ދުވަހުވެސް ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ