މިއަދު ވިލިނގިލިން ފެނުނީ ކޮވިޑަށް ވުރެވެސް ނުރައްކާތެރި ބައްޔެއް: ޑރ ނަޒްލާ

ޚަބަރު ފަހުގެ

މިއަދު ގއ. ވިލިނގިލިން ފެނުނީ ކޮވިޑް-19 އަށް ވުރެވެސް ނުރައްކާތެރި ބައްޔެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ވަނީ މިއަދު ގއ. ވިލިނގިލީގައި ހިނގާދިޔަ ކަންކަމަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިގޮތުން ކޮވިޑް ޖެހުނު މީހުންނަށް ފަރުވާދިނުމަށް މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ފެސިލިޓި ގާއިމުކޮށްފައިވާ ކަމަށާއި އެގޮތުން ވިލިނގިލީގައި ވެސް އެފަދަ ފެސިލިޓީއެއް ހުރިއިރު އެތަނަށް ބަލި މީހަކު މިއަދު ގެންދިއުމުން މީހުން އަމަލުކުރި ގޮތާއި މެދު ޑރ. ނަޒްލާ ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެރަށަަށް ބަލި މީހާ އެރުވުމާއި ދެކޮޅު ހެދުމުގެ ސަބަބުން އެމީހާގެ އިތުރުން އެމީހާގެ އާއިލާއަށް ވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާ ކަމަށެވެ.

އަދި ބަލި މީހާއަށް ސިއްހީ ފަރުވާދޭން ލަސްވުމުގެ އިތުރުން ނަފްސާނީ ގޮތުން ވެސް ނުރަނގަޅު އަސަރުކޮށްފައިވާކަން ފަހަގަކުރެއްވި އެވެ.

ކޮވިޑް-19 ގެ މިހާލަތުގައި އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށާއި އެކަމަކު މިފަދަ ހާލަތެއްގައި މިއަދު ހިނގާދިޔަ ފަދަ ކަންކަމަކީ މި ބަލިމަޑުކަމަށްވުރެ މާނުރައްކާތެރި ކަމެެއްް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ