އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެ ކަަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 5:45 ހާއިރު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމުގެ އިތުރު އެއްވެސް ތަފުސީލެއް ނުދީ ފުލުހުން ބުނީ، އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ